ހުޅުމާލެއިން އެއާޕޯޓަށް ދުއްވާފައި ދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އުޅަނދެއް މާލެ ހުޅުމާލެ ހައިވޭގެ ފެންސުގައި ޖެހި ފުރޮޅާލައި، އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ހައިވޭގައި ދަތުރުކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުރި ފެންސުގައި ޖެހިގެން ކަމަށެވެ. އަނިޔާވި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
މި ރޯދަ މަހު އެކްސިޑެންޓްތައް އިތުރުވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މި މަހުގެ މިހާތަނަށް 470 އަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގާފަ އެވެ.
ބަރުދަން ލުއިކުރަން އެޑޭލްގެ ހަޔާތަށް ގެނައީ އާދައިގެ ބަދަލެއް!
ގުޅިފަޅު ކައިރީއޮތް ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ
ހަންޓާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް ކުޑަ: އެޗްޕީއޭ