ކ. މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި އެވެ.
އެ މެޝިން އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މޯލްޑިވްސް ކަރެކްޝަަލް ސާވިސް އިން ބުނީ އެ މެޝިނަކީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި ފަހުގެ ބޮޑީ ސްކޭނިން މެޝިނެއް ކަމަށެވެ. އަދި އެއީ އެ ޖަލުގައި ބެހެއްޓި އެފަދަ ފުރަތަމަ މެޝިނެވެ. އެއީ ސަރުކާރުން ހޯމް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިން މެޝިނެއްކަން ވެސް ކަރެކްޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
މިފަދަ މެޝިނެއް މާފުށީ ޖަލުގައި ބެހެއްޓީ މޮބައިލް ފޯނު ފަދަ ތަކެތި ޖަލަށް ވައްދައި ސްކޭމްގެ ބޮޑު ނެޓްވޯކެއް ޖަލުތެރޭގައި އޮޕަރޭޓްކުރަމުންދާތީ އެވެ.
ފޯނުގެ އިތުރުން މަސްތުވާތަކެއްޗާއި އެ ނޫންވެސް ތަފާތު އެކި ތަކެތި ގަވާއިދާ ހިލާފަށް ޖަލަށް ވެއްދުމަކީ އާންމު ކަމެކެވެ.
ބުރަކަށީގެ ރިހުން ނުފިލަނީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން؟
ވޭޕްގެ ޝިޕްމަންޓްތައް އަތުލައިގަތުން: މީހަކު ހައްޔަރެއް ނުކުރޭ!
ނިގާބު އަޅާ މީހުންނަށް އިމްތިއާޒް ފާޑު ކިޔައިފި
