ބޮލީވުޑްގެ މަގުބޫލު އަންހެން ތަރިއެއް ކަމަށްވާ ކަރީނާ ކަޕޫރު ޚާންއަކީ ހިންދޫ ދީނަކަށް އުފަން އެ ދީނަށް އުޅެމުންދާ އެކްޓަރެއް ނަމަވެސް އޭނާ ކައިވެނިކުރީ މުސްލިމެއް ކަމަށްވާ ސައިފް އަލީ ޚާންއާ އެވެ.
އެހެން ކަމުން މުސްލިމުންނަށް އަންނަ އެންމެ ހާއްސަ އެއް މައްސަރު ކަމަށްވާ ރަމަޟާން މަސް ފަށައިގެން ކުރިއަށްދާއިރު އެ މަހުގައި އޭނާ ރޯދަ ހިފާތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ.
އެގޮތުން މީގެ އަހަރުތަކެއް ކުރިން ރަމަޟާން މަހެއްގެ ތެރޭގައި ނޫސްވެރިޔަކު ވަނީ ކަރީނާއަށް އެ ސުވާލު ކޮށްފަ އެވެ. ރަމަޟާން މަހުގެ ރޯދަ ހިފަންތޯ ކުރި އެ ސުވާލަށް ކަރީނާ ދިނީ ވަަރަށް ސާފު އަދި ސީދާ ޖަވާބެކެވެ.
އެގޮތުން އެ ސުވާލަށް ޖަވާބު ދެމުން ކަރީނާ ބުނީ އޭނާއަކީ 24 ގަޑިއިރު ކާ މީހެއް ކަމަށާއި ރޯދަ ހިފުމަކީ އޭނާ ކުރާ ކަމެއް ނޫން ކަމަށެވެ.
"ނޫން. އަހަރެން ރޯދައެއް ނުހިފަން. އެއީ އަހަރެންގެ ހަޔާތުގައި ދުވަހަކު ވެސް ކުރި ކަމެއް ނޫން" ރޯދަ ހިފުމާ ބެހޭގޮތުން ކަރީނާ ބުނެފައިވެ އެވެ.
ކަރީނާގެ މި ވީޑިއޯ އަނެއްކާ ވެސް ދައުރުވާން ފަށާފައިވާއިރު އޭނާގެ ތެދުވެރި ޖަވާބާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

ރޯދަ ސުފުރާއަށް ހެދިކާ ނޫން ގޮތެއް ނެތްތަ؟
ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!
ޕާކިސްތާނުން ހަނގުރާމަ އިއުލާންކޮށް އަފްޣާނިސްތާނަށް ހަމަލާތަކެއް