ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ބުނީ މި މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ މައްސަލަ ޖެހިގެން އައި ދުވަހުގެ ހަވީރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ވަނީ އަނިޔާ ލިބުނު މުވައްޒަފުގެ ފޮޓޯއާއެކު މިކަން ހިނގައިދިޔަގޮތް މީހަކު ކިޔައިދީފަ އެވެ.
އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެ މުވައްޒަފު ވެއްޓުނީ ވެހިކަލް ޑަމްޕު ކުރާ ރެމްޕު މަތިން ކޮންޓެއިނާއަށް ކަމަށެވެ.
އެ ހާދިސާގައި އެ މުވައްޒަފުގެ މޭކަށިގަނޑުގެ ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ.
އެކަމާ ގުޅިގެން ރިސްކް އެލަވަންސް މުވައްޒަފުންނަށް ދިނުމަށް ވެމްކޯގެ މުވައްޒަފުން ޑިމާންޑްކުރަން ފެށުމުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެ އިންޒާރުދެމުން އަންނަ ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ.

ގާސިމްގެ ގާތިލްގެ ފަރާތުން އާއިލާއަށް ގުޅުން މަނާކޮށްފި
ސަރުކާރުން ކުރާ ހަރަދުގެ މައުލޫމާތު އާންމުނުކުރާ މައްސަލަ ބޮޑު
ސުވާލާއި ޖަވާބު: ކުޑަކުދިން ރޯދަ ހިފަން ޖެހެނީ ކޮން އުމުރެއްގައި؟
