ރާއްޖެއިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ މެލޭޝިޔާ އާއި ސްރީލަންކާގައި ވޯޓުލާން ރަޖިސްޓްރީކުރަން ހުޅުވާލުމުން އެކަށީގެންވާ ވަރަށް ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ ދެ ގައުމުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސުންގަޑި ހަމަވިއިރު، ރީ ރަޖިސްޓްރީކޮށްފައި ވަނީ 26،454 މީހުން ކަމަށެވެ. ކުރިން ވޯޓު ފޮށި ބަހައްޓަން ނިންމި ތަންތަނުގެ ތެރެއިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި ވެސް ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރަޖިސްޓްރީކުރީ 21 ރިސޯޓަކުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
"އަލްފާ"ގެ ޓީޒާއަށް ބޮޑު ސަމާލުކަމެއް!
ޓޭލާގެ މިލްކިއްޔާތު ދެ ބިލިއަނުން މައްޗަށް!
ޝަމްއާންގެ މައްސަލާގައި ކަން ހިނގިގޮތް ސާފުކޮށްދޭން އަންގައިފި
