ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔުން ހުއްޓާ ނުލުމަށް ކާމިޔާބު ލަވަކިޔުންތެރިޔާ އަރިޖިތު ސިންހްގެ ކިބައިން އެކްޓަރު އާމިރު ޚާން އެދެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އާމިރު އަރިޖީތުގެ ކިބައިން މި އެދުން އެދިފައިވަނީ މިދިޔަ މަހުގެ ތެރޭގައި އަރިޖީތުގެ އުފަން އަވަށް މުރްޝިދު އާބާދަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.
އެގޮތުން އެ ދަތުރުގައި އާމިރު ވަނީ އޭނާގެ ދަރިފުޅު ޖުނައިދު ޚާންްގެ ފުރަތަމަ ފިލްމު "އޭކް ދިން"އަށް އަރިޖީތުގެ އަޑުން ލަވައެއް ކިޔައިދޭން ހުށައަޅާފަ އެވެ. އެހެން ނަމަވެސް ލަވަ ކިޔުން ހުއްޓާލިކަން އިއުލާން ކޮށްފައިވާ އަރިޖީތު އެކަމަށް އެއްބަސްވި ކަމެއް ނޭނގެ އެވެ.
އެ ދަތުރުގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އާމިރު ވަނީ އަރިޖީތުއާއެކު އޭނާގެ އަވަށުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައިކަން އެ ވީޑިއޯއިން އެނގެ އެވެ.
"މިހާރު އެއްވެސް މަސައްކަތެއް ނުުނަގަނީތަ ނޫނީ މެދުކެނޑުމެއް ނެގީތަ؟ އެހެން ނުހަދާ، އަހަރުމެންނަށް ވާނީ ކިހިނެއް؟" އާމިރު ބުނެ އެވެ.
ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން މިދިޔަ މަހުގެ ތެރޭގައި ކުއްލި ގޮތަކަށް އަރިޖީތު އިއުލާން ކުރިއިރު އެއާއެކު ގިނަ ބަޔަކު ދަނީ އެ ނިންމުން އަނބުރާ ގެންދިއުމަށް އޭނާގެ ކިބައިން އެދެމުންނެވެ.
މިފަހަކަށް އައިސް ބޮލީވުޑްގެ ކާމިޔާބު ގިނަ ލަވަތަކެއްގެ އަޑުގެ ވެރިޔާ އަރިޖީތުއަކީ އޭނާގެ ހުނަރުގެ ސަބަބުން ގިނަ އެވޯޑުތަކެއް ވެސް ހާސިލް ކޮށްފައިވާ ފަންނާނެކެވެ.

ހާދިސާއަކާ ގުޅިގެން ވެމްކޯގެ މުވައްޒަފަކު ވެންޓިލޭޓަރުގައި
ރާއްޖެ އަށް ސައުދީ އިން 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި