ކައްކާ ގޭހުގެ އިތުރު ޝިޕްމަންޓެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި މިއަދު ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭސްއިން ފާއިތުވި ދުވަސްތަކުގައި ވަނީ، މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ވިއްކަން ފަށައިފަ އެވެ. އަދި ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
އެހެން ނަމަވެސް މައްސަލަ ހައްލުކޮށް ގޭހުގެ ސްޓޮކެއް ގެނެސް، 10 ކިލޯގެ ގޭސް މިއަދު ވިއްކަން ފަށާފައިވާ ކަމަށް އެސްޓީއޯގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އަދި، ކުރިއެކޭ އެއްގޮތަށް ރޯދަ މަހު ވެސް ގޭހުގެ ދަތިކަމެއް ނާންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ގޭސް ބޭނުންކުރާ މިންވަރު އިތުރު މަހަކަށް ވާއިރު، ކުރިއަށް އޮތް ރޯދަމަހު ގޭސް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީން ކަން އޮފިޝަލް ދެއްވި އެވެ. އަދި ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ފުޅި މިއަދުން ފެށިގެން ވިއްކަން ފަށާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވެސް ވަނީ މިއަހަރުގެ ރޯދަމަހު ވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން މި ހަފުތާގައި ދެއްވައިފަ އެވެ.
ވިލާއިން ވެސް ބުނީ، މީގެކުރިން ދިމާވި ގޭހުގެ މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށާއި 10 ކިލޯގެ ގޭސް ވިއްކަން ފަށާފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އެސްޓީއޯއިން ވަނީ، މަދުން ގޭސް ވިއްކަމުން އަންނަނީ، ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައިއަށް އައި ލޮޅުންތަކަކާ ހެދި ކަމަށް ބުނެފަ އެވެ. އަދި ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނިން އަބަދުވެސް ރޭޝަން ކޮށްގެން ނުވަތަ ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކުމަކީ ކުރިން ވެސް ކުރާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މުއިއްޒުގެ ވާހަކަތައް ބިލާހަކަށް ވެއްޖެ: ސޯލިހު
ކާޑީބީ އާއި ޑިގްސް ވަކިވިކަން އިއުލާންކޮށްފި
ރީ-ރަޖިސްޓްރޭޝަން އަށް އިތުރު 5 ދުވަސް