ހޭންޑީ ވޯޓާގެ ބިއްލޫރިފުޅީގައި ބަންދުކޮށްފައިވާ ފެން ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮޓޯރިޓީން އަންގައިފި އެވެ.
މިއަދު އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް އާއި 550 އެމްއެލް އަދި 1 ލީޓަރުގެ ބިއްލޫރި ފެން ފުޅީގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެން ނޫންކަމަށް ތަހުލީލު ރިޕޯޓްތަކުން ދައްކާ ކަމަށެވެ.
ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުންނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ.
'ރޯދަ ރައިޑް' ޕްރޮމޯޝަން މޮޓޯއެކްސްއިން ފަށައިފި
ރޯދަޔަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އޯޕީޑީ ގަޑިތަކަށް ބަދަލު ގެނެސްފި