ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ކޮންމެ ރީލޯޑަކާއެކު ހިލޭ ޑޭޓާ އާއި އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ކޮންމެ ރީލޯޑަކަށް 20 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ. މީގެ އިތުރުން، ދިރާގުއެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ނަގާ ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް 1 ޓީބީގެ ޑޭޓާ، ނުވަތަ 10 ޑޮލަރުގެ ސްޕޮޓިފައި ގިފްޓް ކާޑެއް، ނުވަތަ 25 ޑޮލަރުގެ އެމެޒޯން ގިފްޓް ކާޑެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. މި ގޮތުން، ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ 1 ޓީބީ ޑޭޓާ 28 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ރިލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބޯނަސް ޑޭޓާ އެކްޓިވޭޓް ކުރުމަށް ބޭނުންވާ އެސްއެމްއެސް ލިބޭނެ އެވެ. މި ގޮތުން، މެސެޖު ލިބޭތާ ތިން ދުވަހުގެ ތެރޭގައި ބޯނަސް ޑޭޓާ ކްލެއިމް ކުރެވޭނެ އެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިންނަށް ލިބޭ ގިފްޓް ކާޑުތައް ތިން މަސް ދުވަހުގެ ތެރޭގައި ރިޑީމްކޮށް ބޭނުންކުރެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 16 ފެބްރުއަރީގެ ނިޔަލަށް، އެއް ހަފުތާގެ މުއްދަތަށެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކާއި ފައިދާތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ޝަމްއާންއާއެކު ހައްޔަރުކުރި އޮފިސަރެއްގެ އަދަބުގެ ޖޫރިމަނާއަކަށް
ހަޔާ އެޑިޔުކޭޝަންގެ އެސްޕީޑީ ކަމުން އީޝާ ވަކިކޮށްފި
މައުލޫމާތު ނުދީގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި
