އިނގިރޭސި ޝާހީ އާއިލާއިން ދުރުވެ ވަކި ދިރިއުޅުމެއް އުޅެމުން އަންނަ ޕްރިންސް ހެރީއާއި މޭގަން މާކަލްގެ އެންމެ ފަހުގެ ވީޑިއޯއަށް ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.
މޭގަންގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި އެ ވީޑިއޯއާއެކު ގިނަ ބަޔަކު ވަނީ އެ ވީޑިއޯގެ އަސްލާމެދު ސުވާލުކޮށް ފާޑުކިޔާފަ އެވެ.
އެ ވީޑިއޯއިިން ފެންނަނީ ޕްރިންސް ހެރީ ގޭތެރޭގައި ހުރި އޮފީހެއް ކަހަލަ ތަނެއްގައި އިށީނދެގެން އިންދާ މޭގަން ޗޮކްލެޓް ފޮށްޓެއް ހިފައިގެން ވަންނަ މަންޒަރެވެ.
އެ ޗޮކްލެޓު ފޮށިން ޗޮކްލެޓެއް ނަގައި ޕްރިންސް ހެރީ މޭގަންއަށް ޝުކުރު އަދާކުރެ އެވެ. އަދި އެއާއެކު އޭނާ އޮފީހުން ނުކުންނަށް ހިނގައިގަނެ އެވެ.
މި ވީޑިއޯއަކީ އަސްލެއް ނޫން ކަމަށާއި އެކްޓް ކޮށްފައިވާ ޑުރާމާއެއް ކަމަށް ބުނަމުން ބައެއް މީހުން ވަނީ އެއީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ.
"ގޭގައި އިނދެ މަސައްކަތް ކުރަން އެހާ ރީތިވަނީ ކާކު؟" ހުދު ކުލައިގެ ޓީޝާޓަކާއި ޖީންސެއް ލައިގެން ހުރި ޕްރިންސް ހެރީގެ ހެދުމަށް އިޝާރާތް ކޮށް މީހަކު ބުނެފައިވެ އެވެ.
ޝާހީ އާއިލާއިން ވަކިވުމަށްފަހު އެމެރިކާގައި ވަކި ދިރިއުޅުމެއް އަންނަ އެ ދެމަފިރިން އަންނަނީ އެ މީހުންގެ ދިރިއުޅުމުގެ އުސްއަލިތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ.
ބީޓީއެސްގެ ކަމްބެކް ކޮންސެޓު ނެޓްފްލިކްސްއިން ދައްކާނެ!
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
ތައިލެންޑުގެ ވޯޓުލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި