މާލެ ސަރަހައްދުގައި މިރޭ ދެ ލޯންޗު ޖެހި، ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު ދެ އުޅަނދަށް އެކިވަރުގެ ގެއްލުންވި ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ފަހަތު ސީޓާ ކައިރިން ގެއްލުން ލިބި، ސަތަރިގަނޑު ވަނީ ވީދިފަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ވިލިމާލެ އާއި ތިލަފުއްޓާ ދެމެދު ކަމަށެވެ. އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 9:05 ހާއިރު އެވެ.

އެކްސިޑެންޓްގައި ހިމެނޭ އެއް ލޯންޗުގައި 21 މީހުން އަދި އަނެއް ލޯންޗުގައި ދެ މީހުން ދަތުރުކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.