ޕެންޝަން އޮފީހުން ގަނެފައިވާ ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ފައިސާ ފިނޭންސް މިނިސްޓްރީގެ އާ ބޮންޑަކަށް އިންވެސްޓުކުރާ ގޮތަށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ބޯޑުން އެ ނިންމުން ފާސްކުރީ އިއްޔެ އެވެ. އެކަމަކު އެ އޮފީހުން އުޅެނީ މިކަން ސިއްރުކޮށްގެންނެވެ.
އެ ބޯޑުން މިކަން ކުރީ، ވަގުތީ ޗެއާމަނަކު އައްޔަނުކޮށްގެންނެވެ. މިއީ ސަރުކާރުގެ ނުފޫޒުން އެ ބޯޓުން ނިންމި ނިންމުމެކެވެ.
މިކަމާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަހްމަދު އިނާޒް ވަނީ ދާދިފަހުން އިސްތިއުފާދެެއްވާފަ އެވެ.
އެ ބޯޑުގައި ޕްރައިވެޓު ސެކްޓާ ތަމްސީލުކުރައްވަން ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާދެއްވާފަ އެވެ.
އެ ބޭފުޅުން ވިދާޅުވީ އެއީ ދައުލަތަށް ގެއްލުން ބޮޑު މުއާމަލާތެއް ކަމަށެވެ.
ޔޫރޭނިއަމް ރައްކާކުރެވިފައިވާ މިންވަރާ މެދު މަޝްވަރާ ނުކުރާނެ
ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ
ޑައިރެކްޓަރު ރޯހިތުގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
