ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) އުފެއްދިތާ އަހަރެއްހާ ދުވަސްފަހުން އެ ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދީފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު ބުނީ އެ ބޭންކަށް ވިޔަފާރި ފެށުމަށް ޓަކައި ބޭނުންވާ ހުއްދަ، އިއްޔެއިން ފެށިގެން ދޫކޮށްފައިވާ ކަމަށެވެ.
ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް އެ އޮތޯރިޓީއިން ޑީބީއެމްއަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގަ އެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކެކެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި އެ ބޭންކްގެ ހިދުމަތް ފެށުމުން، ދިގުމުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ، ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ.
މިއީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އަމާން ޓަވަރުތަކަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކުރަނީ
ޕާކިން ސިސްޓަމްތައް ބޭނުންނުކޮށްގެން 83 މިލިއަންގެ ގެއްލުމެއް
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!
