ބޮލީވުޑްގައި ވަކި ބައެއްގެ ނުފޫޒު ވަރަށް ގަދަ ކަމަށް މަޝްހޫރު މިއުޒިކް ޑިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާން ތުހުމަތު ކޮށްފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މި ފަހަކަށް އައިސް ބޮލީވުޑްގައި ވެސް "ކޮމިއުނަލް" ބާރުތައް ގަދަވެފައިވާ ކަމަށާއި ހުރިހާ ކަމެއް ވެސް އޮންނަނީ ވަކި ބައެއްގެ މުށު ތެރޭގައި ކަމަށެވެ.
އޭއާރް ރަހްމާން މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ޒުވާން މިއުޒިކް ޑިރެކްޓަރުންގެ ސަބަބުން އޭނާއަށް މަސައްކަތް ލިބުން މަދުވެފައިވާ ކަމަށް ބުނަމުންނެވެ.
މި ވާހަކަތަކާ ގުޅިގެން ބޮލީވުޑްއާއި އާއްމުންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވާން ފެށުމާއެކު ފަހުން އޭނާ ވަނީ އެކަމަށް މައާފަށް އެދި އެއީ އެއްވެސް ބަޔަކަށް ކުޑައިމީސް ކުރަން ދެއްކި ވާހަކަތަކެއް ނޫން ކަމަށާއި އޭނާގެ މަގްސަދަކަށްވީ ހަގީގަތް ހާމަކުރުން ކަމަށް ބުނެފަ އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ހިއްސާކުރި ވީޑިއޯއެއްގައި އޭއާރް ރަހްމާން ބުނީ އެއްވެސް މީހަކަށް ދެރައެއް ދިނުމަކީ އޭނާގެ ބޭނުން ނޫން ކަމަށާއި އޭނާއަކީ އެކި ގޮތްގޮތުން އޭނާގެ ގައުމު، އިންޑިއާގެ ކުރިއެރުމަށް މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ.
90ގެ އަހަރުތަކުން ފެށިގެން ކާމިޔާބު ގިނަ ލަވަތަކެއްގެ މިއުޒިކް އުފައްދާދީފައިވާ އޭ އާރް ރަހްމާންއަކީ މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާ އެވޯޑް ވެސް ހާސިލް ކޮށްފައިވާ ފަރާތެކެވެ.
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ
ބޮލުން ހަން ފޮޅުމަށް ގޭގައި ދެވިދާނެ ފަރުވާތަކެއް!
ދިވްޔާ މަރުވިއިރު ނުނިމި އޮތް ފިލްމުތަކަށް ވީ ކިހިނެއް؟