ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައދަރު އަހްމަދު ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖައްސަވައިފި އެވެ.
އާލާސްކަންފުޅުގައި ގިނަ އަހަރުތަކެއް އުޅުއްވުމަށްފަހު އުމުރުފުޅުން 80 އަހަރުގައި ޚާލިދާ ޒިޔާ އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ބަނގްލަދޭޝްގެ ހޮސްޕިޓަލެއްގަ އެވެ.
ޚާލިދާ އަވަހާރަވުމާއި ގުޅިގެން ރައީސް މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.
ހައިދަރު ބަނގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ އާއިލާގެ މެންބަރުންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ދެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ޚާލިދާ އަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރެވެ. ވިހި އަހަރު ދުވަހުގެ ތެރޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބު ކުރައްވައި ބޮޑުވަޒީރުގެ މަގާމު ހާލިދާ ހޯއްދެވީ 1991 ވަނަ އަހަރު އެވެ. ހާލިދާ ވަނީ ދެ ފަހަރެއްގެ މަތިން އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.
މިދިޔަ އަހަރު ބަންގްލަދޭޝްއިން ފިއްލެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި ޚާލިދާ ވަނީ ކޮރަޕްޝަނުގެ މައްސަލަ ސާބިތުވެގެން ދިގުމުއްދަތަކަށް ޖަލަށްލާފަ އެވެ. މިދިޔަ އަހަރު ހަސީނާގެ ވެރިކަން ބަދަލުވަންދެން ހާލިދާ ހުންނެވީ ޖަލުގަ އެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ އާއިލާއިން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް ހަސީނާގެ ސަރުކާރުން ވަނީ އެކަމާއި ދެކޮޅުހަދާފަ އެވެ.
ގޭގައި ފޭސްޕެކް ހަދާނަމަ މިކަންކަމަށް ސަމާލުވޭ!
ނިކަމެއްޗަކު ފަހާފޮށި ދޮށުން އެމެރިކާގެ ރައީސް ކަމަށް ކުރި ދަތުރު
ޝަންގްރިއްލާ އަލުން ހުޅުވައި، ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ!