ކޮންމެ ދުވަހަކު ހިނގާލަން ދިއުމަކީ ލޭ ދައުރުވުން ރަނގަޅުކޮށް، ސިކުނޑި ހަމަޖައްސައިދީ އަދި ދާއިމީ ބަލިތަކުން ރައްކާތެރި ވުމަށް އެހީތެރިވެދޭ ވަރަށް ރަނގަޅު އާދަ އެކެވެ.
ނަމަވެސް، ހަމައެކަނި ކޮންމެ ދުވަހަކު އާދައިގެ މިނެއްގައި ހިނގާލުމަކީ ހަށިގަނޑުގެ ފިޓްނަސް އިތުރުކޮށް، ދުޅަހެޔޮކަން މަތީ ދެމެހެއްޓުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށް ފިޓްނަސް މާހިރުން ބުނެ އެވެ.
ހަމައެކަނި ހިނގުމުން އެކަނި ބޭނުންވާ ފިޓްނަސް ނުލިބޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި
ހިނގާ ބާރުމިން
އާދައިގެ މަޑުމައިތިރި މިނެއްގައި ހިނގުމަކީ ހަށިގަނޑަށް ރަނގަޅު ކަމެއް ކަމުގައި ވިޔަސް، އެކަމުން ހާއްސަކޮށް ހިތާއި ފުއްޕާމޭގެ ކާޑިއޯވަސްކިއުލާފިޓްނަސްއަކަށް މާބޮޑު ފައިދާއއެއް ނުކުރެއެވެ.
ވާހަކަ ދެއްކޭ، ނަމަވެސް ލަވަ ނުކިޔޭ ވަރުގެ ބާރުމިނެއްގައި ހިނގުމަކީ ގިނައިން ކެލޮރީ އެންދުމަށާއި ހަށިގަނޑަށް އޮކްސިޖަން ނަގާ މިންވަރު އިތުރު ކޮށްދޭ ކަމެކެވެ.
ތަކުރާރުކޮށް އެއްގޮތަކަށް ހިނގުން
ކޮންމެ ދުވަހަކު އެއް ރޫޓަކުން، އެއް ބާރުމިނެއްގައި އަދި އެއް ވަގުތެއްގައި ހިނގާނަމަ، ހަށިގަނޑު އެ ކަމަށް އާދަވެ އެވެ. އޭގެ ސަބަބުން ފިޓްނަސްއަށް އަންނަ ކުރިއެރުން މަޑުޖެހެ އެވެ.
އެހެން ކަމުން ހިނގާ ބާރުމިނާއި، ދުރުމިނާއި، އަދި އުސްތަންތަނަށް އަރާ މިންވަރު ބަދަލު ކުރުމަށް މާހިރުން އިރުޝާދު ދެ އެވެ. ހިނގުމުގެ ވައްޓަފާޅި ބަދަލު ކުރުމަކީ ހިތުގެ ދުޅަހެޔޮ ކަމަށް ވަރަށް ފައިދާހުރި ކަމެކެވެ.
ސްޓްރެންތް ޓްރެއިނިންގް ނުކުރުން
އުމުރުން 30 އަހަރުން މައްޗަށް ދިއުމުން، މަސްތަކަށް ވަރުޖައްސާ ކަސްރަތު ނުކުރާނަމަ، ހަށިގަނޑުގެ މަސްތައް މަޑުމަޑުން މަދުވާން ފަށަ އެވެ.
ހަމައެކަނި ހިނގުމަކުން މަސްތަކުގެ ބާރު ދެރަވުން ނުހުއްޓުވޭނެ އެވެ. ހަފުތާއަކު 2 ނުވަތަ 3 ދުވަހު ބަރުދަން ނަގައިގެން ކަސްރަތު ކުރުމަކީ ކެލޮރީ އެންދުން އިތުރުކޮށް، ހަށިގަނޑުގެ ބެލެންސް އާއި ބައްޓަން ރަނގަޅު ކުރުމަށް މުހިންމު ކަމެކެވެ.
ހިނގާއިރު ހަށިގަނޑު ތެދު ނުކުރުން
ހިނގާއިރު ފޯނަށް ބަލައިގެން އިސްޖަހައިގެން ހިނގުމަކީ ހަށިގަނޑުގެ ހަރަކާތްތައް މަޑުޖައްސާ ކަމެކެވެ.
އޭގެ ބަދަލުގައި އިސްއުފުލައި، ބަނޑުގެ މަސްތައް ކޮންމެެވެސް ވަރަކަށް ހިފަހައްޓައި، އަދި އަތް މިނިވަންކަމާއެކު ހަލުވައިގެން ހިނގުމުން ހަށިގަނޑުގެ ގިނަ މަސްތަކެއް ހަރަކާތްތެރިވެ، ފިޓްނަސްއަށް ކުރާ އަސަރު ބޮޑުވެ އެވެ.
ހަފުތާއަކު މަދުވެގެން 2.5 ގަޑިއިރުގެ ހަރަކާތްތެރި ހިނގުމެއް ބެހެއްޓުމާއެކު، ހިނގާ ބާރުމިން ބަދަލުކޮށް، އަދި ކޮންމެވެސް ވަރަކަށް ސްޓްރެންތް ޓްރެއިނިންގ ހިމެނުމަކީ ސިއްހީ ގޮތުންނާއި ފިޓްނަސްގެ ގޮތުން އެންމެ އެދެވޭ ނަތީޖާ ލިބޭނެ ގޮތެވެ.
ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 ޕަސެންޓަށް ދަށްވެއްޖެ
ސިނގިރޭޓު ނުބޯ މީހުން ފުއްޕާމޭގެ ކެންސަރަށް ހުށައެޅެނީ ކީއްވެ؟