ހޮލީވުޑްގެ ކާމިޔާބު ތަރި ޑަކޯޓާ ޖޯންސަންއަކީ އޭނާގެ ދިރިއުޅުމުގެ ކަންކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އޭނާގެ ސަޕޯޓަރުންނާ ހިއްސާކުރާ ތަރި އެކެވެ.
އެގޮތުން އޭނާއަކީ ދުވާލަކު ޖުމްލަ 14 ގަޑިއިރުގެ ނިދި ހަމަކުރާ މީހެއް ކަމަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޑަކޯޓާ ބުނެފައިވެ އެވެ.
ޑަކޯޓާ އިތުރަށް ބުނީ ނިދުމަކީ އޭނާގެ ދިރިއުޅުމުގައި އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށާއި އެހެން ހުރިހާ ކަމެއް އަންނާނީ އެއަށް ފަހުގައި ކަމަށެވެ.
އެގޮތުން ހޮލީވުޑްގައި މަސައްކަތް ކުރާއިރު ހަށިގަނޑަށް ބޭނުންވާ އަރާމު ދިނުމަކީ ގޮންޖެހުންތައް ގިނަ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
"އަހަރެންގެ ހަށިގަނޑުން ދޭ މެސެޖުތަކަށް ވަރަށް ފަރުވާތެރި ކަމާއެކު ސަމާލުކަން ދެން" ޑަކޯޓާ ބުނެފައިވެ އެވެ.
ޑަކޯޓާ މަޝްހޫރު ވެފައިވަނީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުވި ފިލްމެއް ކަމަށްވާ "ފިފްޓީ ޝޭޑްސް އޮފް ގްރޭ"ގެ އަންހެން ލީޑު ރޯލުންނެވެ.
ނެޝަނަލް ސާވިސްގެ ތަމްރީން 346 ދަރިވަރަކު ފުރިހަމަ ކޮށްފި
ޔޫއްޕެ އާއި އައްޒައަށް އިންޓަނޭޝަނަލް އެވޯޑެއް
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދަން ބާކީ ތިން ދުވަސް