އެއް ކޮޓަރީގެ ފުލެޓު ދޫކޮށްލުމުން އަލުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށް އުސޫލު އަލުން ގެޒެޓުކޮށްފި އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލަށް ބަދަލުގެނެސް ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އުސޫލުގައި ވާގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބި، އޭނާގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ އެވެ.
ދެ ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބި، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.
މި ބަދަލު ގެނެސްފައި މިވަނީ މާލޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ގިނަ ބަޔަކު މި ބަދަލު ގެނެސްދިނުމަށް އެދިފައިވުމުންނެވެ.
މި ތަރިންގެ އަސްލު ނަން އެނގޭތަ؟
ވަޒީފާގައި މާ ގިނައިރު އުޅޭނަމަ އުމުރު ކުރުވޭ: ދިރާސާ
ސަލްމާންއާއި ރަންބީރުގެ މެދުގައި މައްސަލަ ޖެހުނީ ކީއްވެ؟