ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެއްދުވަސްތެރޭ ރެކޯޑު އަދަދެއްކަމުގައިވާ 27,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.
އެމްއޭސީއެލް އިން ބުނީ އާދިއްތަ ދުވަހު 27،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދެވުނު ކަމަށާއި މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދިން ދުވަސް ކަމަށެވެ.
އެގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން އާދިއްތަ ދުވަހު 22,142 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އައި 11,107 ފަސިންޖަރުންނެވެ.
ޑޮމެސްޓިކް ޓާމިނަލުން އާދިއްތަ ދުވަހު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާއިރު އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ. މީގެ އިތުރުން އެދުވަހު 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވިފައިވެއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ އާދިއްތަ ދުވަހަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމަށާއި އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
ވައިބާ ހެކްކޮށްގެން ފޭރުނު 150،000 ރުފިޔާ އަދިވެސް ނުހޯދޭ
ޓެރަރިޒަމްގެ މައްސަލާގައި ހޫދު 23 އަހަރަށް ޖަލަށްލާން ހުކުމެއް
އެމްބިއުލާންސްއަށް ޖާގަ ނުދީ ދިއުން: އިންސާނިއްޔަތުކަން ކޮބާ؟