އިންތިހާބުތައް އެއްކޮށް، ރިޔާސީ ދައުރު ދަންމާލައި ވޯޓު އޮޅުވާލުމުގެ ހީލަތްތެރި ރޭވުންތައް ރާވަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް (މަޓޭ) ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް ޒާހިދު އާއި ރައީސް މުއިއްޒުގެ ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވަމުން، މައުރޫފް އެކްސްގައި ވިދާޅުވީ އިންތިހާބުތައް އެއްކޮށް ރިޔާސީ ދައުރު ދަންމާލާ ވޯޓު އޮޅުވާލުމުގެ ހީލަތްތެރި ރޭވުންތަކާއި މަސައްކަތްދަނީ ކުރަމުން ކަމަށާއި، ކުރިޔަށް އޮތް ކައުންސިލް އިންތިހާބަކީ ރައްޔިތުންގެ ވޯޓް ބޮޑުއަގުގައި ގަނެ ދޮގުވައުދާ ވަޒީފާތަށް ބޭކާރު ގޮތުގައި ބަހާލާނެ އިންތިހާބެއްކަމަށެވެ.
"ޕްރޮޖެކްޓްތައް ކުރިޔަށްދާ ކަމަށްދައްކާ އެތައް ހުވަފެނެއްދައްކާ އިންތިހާބު އޮޅާލުމުގެ މަސައްކަތްކުރާނެ އިންތިހާބެއް! ރައްޔިތުން ސަމާލު ވާންޖެހޭ ކަމެއްމީ!" މައުރޫފް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އޮކްޓޯބަރު މަހު އިއުލާން ކުރައްވާފަ އެވެ.
އެ ދެ އިންތިހާބު އެއްކޮށްލަނީ އާ ގާނޫނުއަސާސީއާއެކު ރާއްޖެއަށް ތައާރަފްކުރި ޑިމޮކްރެޓިކް އުސޫލުން ދެފުށް ފެންނަގޮތަށަށް ވޯޓުލުމާއި ވޯޓު ގުނުމުގެ އުސޫލުތައް ރައީސް މުއިއްޒު ބޭނުންވާގޮތަކަށް ބަދަލުކޮށް ރިޔާސީ އިންތިހާބުގައި މަކަރު ހަދައި އޮޅުވާލައިގެން ދެވަނަ ދައުރެއް ކަށަވަރުކުރަން މަގުފަހިކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީތަކަށް އަންހެނުން ވާދަކުރާ ދާއިރާތައް ވެރިކަންކުރާ ޕީއެންސީން އަންގާގޮތަކަށް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން މި މަހުގެ ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ.
މާބަނޑު ދުވަސްވަރު ހެދުން އެޅުން ގެންގުޅެންވީ މިހެން!
ޕީއެންސީ ޕްރައިމަރީގަ ރެކޯޑު އަދަދަކަށް މީހުން ވޯޓު ލި: ފަލާހު
ތުއްތު ކުއްޖަކު ވިހެއުމަށްފަހު މަރުވި މައްސަލައެއް ބަލަނީ