ބޮލީވުޑްގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ދްރިޝްޔަމް 3"އިން މަޝްހޫރު ތަރި އަކްޝޭ ޚަންނާ ވަކިވުމުން އެ ފިލްމުގެ ޕްރޮޑިއުސަރު ކުމާރު މަންގަތު ޕަތަކް ރުޅިގަދަވެއްޖެ އެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކުމާރު ބުނީ ދްރިޝްމްގެ އެއްބަސްވުމާ ޚިލާފަށް އަކްޝޭ އެ ފިލްމު ދޫކޮށްލާފައިވާތީ އޭނާއަށް ގާނޫނީ ނޯޓިސްއެއް ފޮނުވާފައިވާނެ ކަމަށެވެ.
މަންގަތު އިތުރަށް ބުނެފައިވަނީ އެންމެ ފަހުން ނުކުތް އަކްޝޭގެ ފިލްމު "ދުރަންދަރް"އަށް ލިބެމުން އަންނަ ކާމިޔާބީއާއެކު އޭނާގެ ބޮލަށް ކިބުރުވެރިކަމާއި ބޮޑާކަން ވަދެފައިވާ ކަމަށެވެ.
އެގޮތުން "ދްރިޝްޔަމް 3" ދޫކޮށްލިކަން އަކްޝޭ އަންގާފައިވަނީ މެސެޖަކުން ކަމަށާއި އެއީ ވެވިފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވެސް މަންގަތު ބުންޏެެވެ.
އަކްޝޭ އެ ފިލްމު ދޫކޮށްލުމުން އޭނާގެ ބަދަލުގައި އެ ފިލްމަށް ޖެއިދީޕް އަހްލާވަތު ނަގާފައިވާ ކަމަށާއި އޭނާއަކީ އަކްޝޭއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު މީހެއް ކަމަށް މަންގަތު ބުނެފައިވެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ "ދްރިޝްޔަމް 3"ން އަކްޝޭ ވަކިވެފައިވަނީ އޭނާގެ ފީ ބޮޑުކުރަން އެދުމުން އެކަމަށް ފިލްމުގެ ޕްރޮޑިއުސަރުން އެއްބަސްނުވުމުންނެވެ.
ޕީއެންސީގެ ކައުންސިލް ޕްރައިމަރީ ފަށައިފި
ކާޑޭޝަން އާއިލާގެ އެންމެ މުއްސަނދި މެމްބަރަކީ ކާކު؟