ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމެރީގެ ވޯޓްލުން މިއަދު ފަށައިފި އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމެރީގައި 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރާކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު ހަތަރަކަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ޕީއެންސީން މި ފަހަރު ނިންމާފައި ވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ބާއްވާށެވެ.
ހުރިހާ ދާއިރާއަކަށް ޕީއެންސީން ކެންޑިޑޭޓުން ނެރޭއިރު 26،000 މީހުން ޕްރައިމަރީގައި ވޯޓުލާނެ ކަމަށް ޕީއެންސީން ލަފާކުރެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕްރައިމަރީއަކާ ނުލާ ގިނަ ބަޔަކަށް ވަނީ ޕީއެންސީގެ ޓިކެޓް ލިބިފަ އެވެ. އެގޮތުން ސިޓީ ތަކުގެ މޭޔަރުންގެ ތެރެއިން ޕްރައިމަރީ ބާއްވަން ޖެހެނީ އައްޑޫ މޭޔަރުގެ ވޯޓެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.
ތުއްތު ކުއްޖަކު ވިހެއުމަށްފަހު މަރުވި މައްސަލައެއް ބަލަނީ
ޕީކް ސީޒަނުގައި މާފަރު އެއާޕޯޓަށް 800 ޖެޓު ޖައްސާނެ
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖާއު އާއި ރައޫފު ކުރިމަތިލައްވައިފި