ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ފައިސާ ނެގުމަށްފަހު އެތައް ބަޔަކަށް ލަނޑުދިން ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުކުރުމަށްޓަކައި ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކުރިނަމަވެސް މަންޑޭ ހާޒިރުނުވާތީ ހޮނިހިރު ދުވަހަށް ވަނީ ޝަރީއަތް ފަސްކޮށްފަ އެވެ.
ބަންދުގައި ބަހައްޓައިގެން މަންޑޭ ކޯޓަށް ހާޒިރު ކޮށްދޭން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާ ގުޅިގެން މާދަމާ 2:00 އަށް އޭނާ ކޯޓަށް ހާޒިރުކުރަން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި މަންޑޭގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާ އުފުލާފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ 50 އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް މަންޑޭއަށް އައުމުގެ ފުރުސަތު އެބައޮތެވެ.
ދަރިން ފޫހި ވުމަކީ މައްސަލައެއް ނޫން، ހައްލަން ފޯނު ނުދޭތި!
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
"ތޭރޭ ނާމް" އަދި "ރަންގީލާ"ގެ ސީކުއަލްއަށް ފެހި ސިގްނަލް ދީފި
