ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް މިދިޔަމަހު އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓު ހުކުރު ދުވަހު ޖައްސައިފި އެވެ.
އަށް ފަތުރުވެރިންނާ އެކު ހަނިމާދޫ އެއަޕޯޓަށް މި ޖެޓު ޖައްސާފައިވަނީ ހެނދުނު 9:40 ގައެވެ.
މީގެ ކުރިން ވެސް ހަނިމާދޫ އެއާޕޯޓަށް ޖެޓުތައް ތެޔޮ އަޅަން ޖައްސަ އެވެ. އެހެން ނަމަވެސް ރަސްމީކޮށް ފަތުރުވެރިންނާއެކު ޖެޓެއް ހަނިމާދޫ އަށް ޖެއްސި މިއީ ފުރަތަމަ ފަހަރެވެ. އެ ޖެޓުގައި ތިބީ ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން އައި އަށް ފަތުރުވެރިންނެވެ.
މި ޖެޓު އައިސްފައިވަނީ ޕެރާގުން ފުރައިގެން ސީދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އާ އަހަރާ ދިމާކޮށް އައި މި ޖެޓުގައި އެ އެއާޕޯޓުގައި ބޭއްވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ޖެޓަށް ދޭންޖެހޭ ހުރިހާ ހިދުމަތެއް ހަނިމާދޫ އެއާޕޯޓުން ދެމުން ގެންދާނެ އެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށްފައިވަނީ 15 ޖެޓަށް ޕާކުކޮށްފައި ބޭއްވޭނެ ގޮތަށެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސް މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭނެއެވެ. އަދި އެއާޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްގީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއާބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއާ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އާ ކާގޯ ޓާމިލަނެއް މިއެއާޕޯޓުގެ ވަނީ ތަރައްގީކޮށްފަ އެވެ.
ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އާ ޓާމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަނޭޝަނަލް ދަތުރުތަކަށެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި ދެ ގޭޓު ހުރެ އެވެ. އަތޮޅުތެރޭގެ އެއާޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ގާއިމްކޮށްފައިވަނީ ހަނިމާދޫ އެއަޕޯޓްގަ އެވެ.
އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ފަދަގޮތަކަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެކެވެ.
އާ އަހަރާ ދިމާކޮށް އަބޫދާބީގައި ހަވާ އެރުވުމުގެ ރެކޯޑެއް!
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖާއު އާއި ރައޫފު ކުރިމަތިލައްވައިފި
ޝުޖޫނަށް ފުރައްސާރަކުރުން އެޗްއާރުސީއެމުން ކުށްވެރިކޮށްފި