ހައިކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ ދެ މަގާމަށް އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި އެ ކޯޓުގައި ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރެއްވި އަބްދުއްރައޫފު އިބްރާހީމް ހިމެނޭހެން 19 ބޭފުޅަކު ކުރިމަތިލައްވަފި އެވެ.
ހައިކޯޓުން ދެ ފަނޑިޔާރެއްގެ މަގާމް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމުންނާއި އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާދެއްވުމުންނެވެ.
ނިޔާޒަށް ރިޓަޔާވުމުގެ ފުރުސަތު ދީފައި ވަނީ އޭނައާ ގުޅޭ ސުލޫކީ މައްސަލައެއް ހުށަހެޅިފައި ވަނިކޮށެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދެން ކުރިމަތިލީ ކޮންބައެއް ކަމެއް ނޭނގެ އެވެ. ރައޫފަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ކެޔޮދޫ ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުން މިދިޔަ ސަރުކާރުން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހައިކޯޓުގެ ފަނޑިޔާރުންނަށް ދިން ފްލެޓް އޭނާއަށް ވެސް ލިބިވަޑައިގެންފައިވާތީއެވެ.
ޝުޖާއު އުސްމާން ވަކިކުރީ އޭނާއާ ގުޅޭގޮތުން ބެލި ސުލޫކީ މައްސަލައެއް ސާބިތުވުމުންނެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކިތަންމެ ގާބިލް ބޭފުޅުން ކުރިމަތިލެއްވިޔަސް، ފަނޑިޔާރުކަމަށް އައްޔަންކުރަނީ ސަރުކާރުން ބޭނުންވާ ބޭފުޅުންނެވެ. އެންމެ ގާބިލް ބޭފުޅުންނެއް ނޫނެވެ. ފާއިތުވި ތަނުގައި ޖޭއެސްސީން އަމަލުކޮށްފައިވާގޮތުން މިކަން ވަނީ ހާމަވެފައެވެ.
މިކަމާ ގުޅިގެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
އާ އަހަރާ ދިމާކޮށް އަބޫދާބީގައި ހަވާ އެރުވުމުގެ ރެކޯޑެއް!
މާ ގިނައިރު އިށީނދެ އިންނަނަމަ އުމުރު ކުރުވޭ: ދިރާސާ
