މިފަހުން ރިލީޒްކުރި ފިލްމެއް ކަމަށްވާ "ހޯމްބައުންޑް"ގެ ކޮޕީ ރައިޓްސް މައްސަލާގައި ލިޔުންތެރިއެއް ކަމަށްވާ ޕޫޖާ ޗަންގޮއިވާލާ އެ ސީރީޒްގެ ޕްރޮޑިއުސަރުންނާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.
ދަރްމާ ޕްރޮޑަކްޝަންސްއާއި ނެޓްފްލިކްސްއާ ދެކޮޅަށް އޭނާ ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ "ހޯމްބައުންޑް"އަކީ 2021 ވަނަ އަހަރު އޭނާ ނެރުނު ފޮތެއް ކަމަށްވާ "ހޯމްބައުންޑް"ގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ.
ޕޫޖާގެ ގާނޫނީ ޓީމުން ބުނެފައިވާ ގޮތުގައި މުމްބާއީ ހައި ކޯޓުގައި މައްސަލަ ޖެއްސުމުގެ ކުރިން އޭނާ ވަނީ ދަރްމާ ޕްރޮޑަކްޝަންސްއަށް ވެސް ނޯޓިސް ފޮނުވާފަ އެވެ.
"ހޯމްބައުންޑް"ގެ ޕްރޮޑިއުސަރުންގެ މައްޗަށް ޕޫޖާ ދައުވާ ކޮށްފައި މިވަނީ ކުރިއަށް އޮތް އޮސްކާ އެކަޑަމީ އެވޯޑަށް އެ ފިލްމު ނޮމިނޭޓް ވެފައި ވަނިކޮށެވެ.
އިޝާން ޚައްތަރު، ވިޝާލް ޖެތުވާ އަދި ޖާންވީ ކަޕޫރު މުހިއްމު ރޯލުތައް އަދާކުރާ އެ ފިލްމުން ދައްކުވައިދެނީ ކުޑައިރުގެ ދެ ރަހުމަތްތެރިން އިންޑިއާގެ ފުލުހުންގެ އިދާރާއަށް ވަންނަން ކުރާ މަސައްކަތެވެ.
އިންޑިއާގެ ސިނަމާތަކުގައި ސެޕްޓެމްބަރު މަހު އެޅުވުމަށްފަހު ކޭންސް ފެސްޓިވަލުގައި ވެސް ދައްކާފައިވާ އެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.
ސުޝާންތުގެ ޖަނާޒާގައި އަންކިތާ ބައިވެރިނުވީ ކީއްވެ؟
އަމާޒަކީ ފަތުރުވެރިކަމުގެ އާމްދަނީ ހަ ބިލިއަނަށް އެރުވުން: ތޯރިގް
ބޭސް ނުލިބޭތީ އެސްޓީއޯއާ އާސަންދަ މަޖިލިހަށް ހާޒިރުކުރަން އެދެފި