ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި ވާދަކުރަނީ 129 ކެންޑިޑޭޓުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޓިކެޓު ލިބޭނެ ކެންޑިޑޭޓުން ހޮވަން އެމްޑީޕީން އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ގަ އެވެ. އެހެންވެ، ކެންޑިޑޭޓުންގެ ނަންބަރާއެކު، ޕްރައިމަރީގައި ވާދަކުރާ މީހުންގެ ލިސްޓު އެމްޑީޕީން މިއަދު ވަނީ އާއްމުކޮށްފަ އެވެ.
އޭގައިވާ ގޮތުން، ކައުންސިލް އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާއެކު ޖުމްލަ 129 މީހުން ވަނީ ކުރިމަތިލައިފަ އެވެ.
އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ރަށްރަށުން 15 އަދި މާލެއިން އަށް މީހުންނެވެ.
ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް ވަނީ އެމްޑީޕީގެ ޓިކެޓު ލިބިފަ އެވެ. އެކަމަކު، އެ ތަފްސީލުތަކެއް އަދި ނުލިބެ އެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބު ކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.
އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 ގައި ބާއްވާއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
މަގާމްތަކުގައި ތިބި ރިޓަޔާޑް ބޭފުޅުންނަށް އިނާޔަތް ދެން ނުދޭނެ
މާލީ ދާއިރާގެ އިސްލާހީ މަސައްކަތްތައް އިފްތިތާހުކޮށްފި
އެމެރިކާއިން ވެނެޒުއެލާގެ އިތުރު ހެޔޮބޯޓެއް ހިފަހައްޓައިފި