ހޮލީވުޑްގެ މަޝްހޫރު ފިލްމް ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ ކުރިއަށް އޮތް ފިލްމުުގެ ޓީމަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ގުޅިއްޖެ އެވެ.
"ފާސްޓް އެކްސް: ޕާޓް ޓޫ"ގެ ނަމުގައި ނެރޭ އެ ފިލްމަކީ ހޮލީވުޑްގެ އެކްޝަން ޔުނިވާސްއާއި ބައިނަލްއަގްވާމީ ކުޅިވަރުގެ "ކްރޮސްއޯވާ"އެއް ފެނިގެންދާނެ ފިލްމެކެވެ.
އެ ފިލްމުގެ ތަރިންގެ ތެރޭގައި ރޮނާލްޑޯ ހިމެނޭކަން ޔަގީން ވުމާއެކު އޭނާއަށް ސަޕޯޯޓުކުރާ ގިނަ ބަޔަކު އަންނަނީ އެކަމާ އުފާ ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރުތައް ހިއްސާ ކުރަމުންނެވެ.
އެގޮތުން ރޮނާލްޑޯއަށް މަރުހަބާ ކީ އެއް ތަރިއަކީ އެ ފިލްމުގައި އޭނާއާ އެއްކޮށް ފެނިގެންދާ އެހެން ތަރިއެއް ކަމަށްވާ ޓައިރިސް ގިބްސަން ހިމެނެ އެވެ. އޭނާ ވަނީ އެ ފިލްމުގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ.
އެ ފޮޓޯގައި ރޮނާލްޑޯގެ އިތުރުން ޑްވޭން ޖޯންސަން، ވިން ޑީސަލް އަދި ޖޭސަން ސްޓަތަމް ހިމެނެ އެވެ. މި ތަރިންނާއެކު "ފާސްޓް އެކްސް: ޕާޓް ޓޫ" ވެގެންދާނީ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމަކަށެވެ.
2001 ވަނަ އަހަރު ފެށި "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްއަކީ މިހާރު ހޮލީވުޑްގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ފްރެންޗައިޒް އެވެ.
މަކަރާއި ހީލަތުގެ ތުހުމަތުތަކަށް ޝިލްޕާ ރައްދު ދީފި
އިމްތިހާނުގެ ކުރިން ކިމް ކުރަން ޖެހުނު ތަޖުރިބާ ހިއްސާ ކޮށްފި
ކާރު އެކްސިޑެންޓެއްގައި ނޯރާއަށް އަނިޔާ ވެއްޖެ