ބޭރުގެ އިންޓެލިޖެންސް މައުލޫމާތަކަށް ދިވެހި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހއ. ކެލާ ކައިރިން ސްރީ ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި، އިންޓެލިޖެންސަށް ކޯސްޓްގާޑާއި އެއާކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި އިއްޔެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ލަންކާގެ އެ ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ އިއްޔެ ހެނދުނު 8:30 ހާއިރު، ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުގައި އޮއްވާ ކަމަށެވެ.
އެ ދެ ބޯޓު ހދ. ކުޅުދުއްފުށި ބަނދަރަށް ވައްދައި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި ފުލުހުން އެކަމާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ މަހު ކުރީކޮޅު ވެސް ސިފައިން އަތުލައިގަތެވެ. އެ ބޯޓުން 350 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.
ސްކޭމްތަކުން އަނބުރާ ހޯދުނީ 630،319 ރުފިޔާ
ދަ ފިފްޓީސް ލަޔަން: މި މާސްކުގެ ފަހަތުގައި ވަނީ ކޮން މޫނެއް؟
ބޮލުން ހަން ފޮޅުމަށް ގޭގައި ދެވިދާނެ ފަރުވާތަކެއް!
