ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ އިތުރުން ސީރިޔާގެ ސަރުކާރުން ދޫކޮށްފައިވާ ޕާސްޕޯޓު އޮތް މީހުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމެރިކާއަށް އެތެރެވުން މަނާކޮށްފިއެވެ.
ފަލަސްތީނާއި ސީރިޔާގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކޮށްފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި ރިޔާސީ ގަރާރެއްގެ ދަށުންނެވެ. އެ ދެ ގައުމުގެ އިތުރުން ޖުމުލަ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ޓްރަމްޕް ވަނީ ނިންމަވާފަ އެވެ.
އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ނިންމުމަށް އަމަލު ކުރަން ފަށާއިރު، ޓްރަމްޕްގެ ނިންމެވުމާ ގުޅޭ ގޮތުން ވައިޓް ހައުސުން ބުނީ، އެމެރިކާއަށް އެތެރެވުން މަނާކޮށްފައި ވަނީ، ޕާސްޕޯޓު ދޫކުރުމުގެ މިންގަނޑުތައް އެމެރިކާއިން ގަބޫލު ކުރާ ފެންވަރަށް ނުފެތޭ ގައުމުތަކުގެ ރައްޔިތުންނަށް ކަމަށެވެ. މިއީ، އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް ވެސް ވައިޓް ހައުސުން ބުނެ އެވެ.
ފަލަސްތީނާއި ސީރިޔާގެ އިތުރުން، އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ލިސްޓަށް ޓްރަމްޕް އިތުރު ކުރައްވާފައިވާ އިތުރު ގައުމުތަކަކީ ބުރްކިނާ ފާސޯ، މާލީ، ނީޜިޔޭ އަދި ދެކުނު ސޫދާނެވެ. މީގެ އިތުރުން، ލާއޯސް އަދި ސިއެރެ ލިޔޯން ވެސް ޓްރަމްޕް ވަނީ އެ ލިސްޓަށް އިތުރު ކުރައްވާފަ އެވެ.
ދިރާގު ނެޓްޕްރޮޓެކްޓުން ސްކޭމްތަކުން ރައްކާތެރިކޮށްދޭ
މި ފޮޓޯތަކުން އަސްލު ތަރިން ފާހަގަ ކުރަން އެނގޭތަ؟