މާލެ ސިޓިގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މާލޭގެ މަގު މައްޗަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށާއި ކަމާ ބެހޭ އެންމެހައި ފަރާތްތައް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އިންތިހާބީ މޭޔަރު މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ މަގުމަތިން ހިނގާފައި ދަނިކޮށް ޖަހައިގަނެ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އަންހެން މީހާ ގަދަކަމުން ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ކުށުގެ ވެށިން ދެ ފިރިހެނުން ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ.
އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ދެމީހުން ވެސް އިތުރު 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފަ އެވެ.
ކަނޑުމަތީގެ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރޭގައި ގޯތަމް
ސުވާލާއި ޖަވާބު: ރޯދަތައް ގަޟާ ނުކޮށް ހަ ރޯދަ ހިފޭނެތަ؟
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި