ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީތަކަށް އަންހެނުން ވާދަކުރާ ދާއިރާތައް ވެރިކަންކުރާ ޕީއެންސީން އަންގާގޮތަކަށް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ސިޓީތަކަށް އަންހެން ކައުންސިލަރުން ވާދަކުރާނެ ދާއިރާތައް ކަނޑައަޅަން އުޅެނީ މިހާރު ވެސް ޕީއެންސީގެ ޓިކެޓުގައި އަންހެން މެންބަރުން އިންތިހާބުވެފައިވާ ދާއިރާތައް ކަމަށެވެ.
އެކަންއެގޮތަށް ކުރަނީ ޕީއެންސީއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އިބުރޭ ވިދާޅުވީ ތިނަދޫ ސިޓީގެ އިންތިހާބީ ދާއިރާތަކަކީ ކޮބައިކަން މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ސިޓީއަށް މޭޔަރުގެ އިތުރުން ކުރިމަތިލާނެ ކެންޑީޑޭޓުން ކަނޑައެޅޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް މީހަކަތަށް ތަބަކަކަށްލާފައި އެ ޕާޓީން ޓިކެޓް ނުދޭނެ ކަމަށާއި ކައުންސިލަރު ކަަމަށް އެ ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ.
ކައުންސިލް އިންތިހާބުގައި 2000 އަށްވުރެ މަދު އާބާދީ ހިމެނޭ ރަށްތަކަށް އިންތިހާބު ކުރަންޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްތަކަށް އިންތިހާބު ކުރަންޖެހޭނީ ފަސް ކައުންސިލަރުން ކަމަށް ގާނޫނަށް ގެނައި އިސްލާހުގައިވެ އެވެ.
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
ސެންޓުގެ ވަސް ގިނައިރު ދެމެހެއްޓޭނެ ގޮތެއް!
ވިއްކަން ހުންނަ ތަކެތި ކައްކަމުންދިޔައީ ފާހާނައިގައި!
