އައްޑޫ ހިތަދޫގައި ހިންގާ ޑްރަގްގެ ބޮޑު ނެޓްވޯކްގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ އިތުރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން އެންމެފަހުން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، ގުލްކަނދުގެ، ހަސަން ނަޒީފް،36، އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގެ މުއްދަތު ދީފައިވާ ކަމަށެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އޭގެތެރެއިން ބަންދުގެ މުއްދަތު ޖަހާފައި ވަނީ ހަ މީހަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ނެޓްވޯކުގައި ހިމެނޭ މީހުން ފުރަތަމަ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގަ އެވެ. އެއީ ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް،30، އާއި ސ. ހިތަދޫ، ފަލާހް، ހާފިޒު ފައުޒީ،31، އާއި ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު،43، އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް،28، އާއި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު،23، އެވެ.
ފުލުހުން ބުނީ އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރުގެ މާޗް މަހުން ފެށިގެން ކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ތަހުގީގުން ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސިއްހަތަށް ގެއްލުންހުރި ކާނާ ކާ ހިތްވަނީ ކީއްވެ؟
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު
ސެންޓުގެ ވަސް ގިނައިރު ދެމެހެއްޓޭނެ ގޮތެއް!
