ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެނ ހުސައިން ސަނީ އުމަރު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައި ވަނިކޮށް ރާއްޖެއިން ފުރައިގެން ފިލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު މިއަދު އޭނާ ދޫކޮށްލުމަށްފަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަނީ އުމަރުގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކުދިންގެ އާއިލާ އިން ފުރަތަމަ އުޅުނީ މައްސަލަ ފުލުހުންނަށް ހުށަނޭޅުމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެ އަޑު ގަދަވެ ސަނީ އުމަރަށް ގާނޫނީ ފިޔަވަޅު އަޅަން ގޮވާލަން ފެށުމުން ފުލުހުންނަށް މައްސަލަ ހުށަހަޅަން އާއިލާއަށް މަޖުބޫރުވި އެވެ.
ފުލުހުން ބުނީ އާއިލާއިން މިހާރު އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އަސްމާ މުގައްރިރުކަން ކުރެއްވި ކޮމިޓީން ވަކިކޮށްފި
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ފާސްކޮށްފި
