ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕާ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕާ ޑްރެޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި މި ޑްރޭޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ ހަލުއިވެގެންދާނެކަމަަށް ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްގީކުރަން ރައީސް މުއިއްޒު ނިންމަވާފައިވާ ރަސްމާލެއިން މި އަހަރު 25،000 ގޯތި ދޫކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރަސްމާލެއިން ގޯތި ދޫކުރަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އަތޮޅުތަކަށް ނިސްބަތްވާ މީހުންނަށެވެ.
ކ. ގުޅި ކައިރީ އޮންނަ ފުށިދިއްގަރުފަޅު ރަސްމާލޭގެ ނަމުގައި ތަރައްގީކޮށް މާލެއާއި އެތަނާ ދެމެދު އަންޑާވޯޓާ ޓަނަލެއް އަޅާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރަސްމާލެ ހިއްކައި ނިންމަން ރައީސް މުއިއްޒު ދެއްވި ތާރީހުތައް ފަހަނައަޅައި ދިޔައިރު ވެސް އެކަން ކުރެވިފައެއްނުވެ އެވެ.
ކުޅުދުއްފުށްޓަށް ޑްރަގް ގެންދަން އުޅުނު މީހަކު އުމުރަށް ޖަލަށް
ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ފާސްކޮށްފި
"ޖޭމްސް ބޮންޑް"ގެ ގޮތުގައި އާ މޫނެއް؟
