ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށް ތައިލޭންޑަށް ފޮނުވާލައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވި 43 އަހަރުގެ ފިރިހެން މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފަ އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ އެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
އެ މުވައްޒަފަށް އަނިޔާވީ ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ހަރުކަށި އަދަބު ދޭނަން
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
