ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ތޫފާން "ޑިޓްވާ"ގެ އަސަރު ކުރަމުންދާއިރު، ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރޭގެ އެކިހިސާބުތަކަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ގައުމީ މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން "ޑިޓްވާ" ތޫފާނާއި ބެހޭގޮތުން އާއްމުކުރި ފަހުގެ މައުލޫމާތުގައި ބުނީ "ޑިޓްވާ" ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރު އުތުރުން ގާތްގަނޑަކަށް 875 ކިލޯމީޓަރު ދުރުން، ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަހައްދުގައި ކަމަށެވެ.
މާދަމާ ހެނދުނުގެ ވަގުތެއްގައި މިތޫފާން އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑްޗެރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރިފަށަށް ޖެހޭނެ ކަމަށް ލަފާކުރާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އެހެން ކަމުން މި ތުފާނާއި ގުޅިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދާއި މާދަމާ ވެސް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.
ކަންބޮޑުވުން ފާޅުކުރުމުން އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފި
ޕެންޝަން އޮފީހަށް އޮތް އިތުބާރު މުޅިން ވެއްޔާ މޮޑެވިއްޖެ: ޝާހިދު
ރައްޓެއްސަކާއެކު ހިނގާލުމުން ގިނަ ފައިދާތަކެއް!