ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ނަސޭހަތެއްގެ ވާހަކަ އޭނާ މީޑިއާއާ ހިއްސާ ކޮށްފި އެވެ.
ޖޯޖް ބުނީ 1990ގެ އަހަރުތަކުގައި ޕައުލް ނިއުމަންގެ ފަރާތުން އޭނާއަށް ލިބުނު އެ ނަސޭހަތަކީ ދިރިއުޅުމާމެދު އޭނާ ދެކޭގޮތް މުޅިން ބަދަލުކޮށްލި ނަސޭހަތެއް ކަމަށެވެ.
އެގޮތުން އޭނާއަކީ އެ ދުވަސްވަރު މީހުންނަށް ވަރަށް ސިއްރުން އެކަހެރި ދިރިއުޅުމެއް އުޅެމުން އައި މީހެއް ކަމަށާއި އެހެން ނަމަވެސް އެގޮތް ދޫކޮށްލީ ޕައުލްގެ ނަސޭހަތާއެކު ކަމަށް ޖޯޖް ބުންޏެވެ.
"އޭނާ ބުނީ އަހަރެންގެ ދިރިއުޅުން އެހެން މީހުން ކޮންޓްރޯލް ކުރިޔަ ނުދޭށޭ. އެމީހުންގެ ސަބަބުން ގޭބަންދު ވެގެން ނުހުންނާށޭ" ޖޯޖް ބުންޏެވެ.
އޭގެ ފަހުން އޭނާ ބޭރު ތެރެއަށް ނުކުމެ މީހުންނާ ބައްދަލުކޮށް އުޅެން ފެށި ކަމަށާއި އޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައި ކަމަށް ވެސް ޖޯޖް ފާހަގަކުރި އެވެ.
މިހާރު ޖޯޖްއަކީ ހޮލީވުޑް ތަރިންގެ ތެރެއިން މީޑިއާއާ އެންމެ ރައްޓެހި އެއް އެކްޓަރުގެ ގޮތުގައި ބުނެވިދާނެ އެވެ.
މިއީ މުށި ބުދުތަކެއް ނޫން، ބޭނުންހާ ގޮތެއް ނުހެދޭނެ: ޝާހިދު
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ހަރުކަށި އަދަބު ދޭނަން