ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ފަނޑިޔާރު ނިޔާޒުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.
މައްސަލަ ހުށަހެޅި ފަރާތަށް ޖޭއެސްސީން ފޮނުވި ލިޔުން "ހުރިހާ"އަށް ވަނީ ލިބިފަ އެވެ.
އެ ލިޔުމުގައި ވަނީ އެ ޝަކުވާގައިވާ ކަންތައްތަކަކީ ސާބިތުވެއްޖެނަމަ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާނެ ފަދަ ކަމެއް ކަމަށް ބެލެވޭތީ، އެ މައްސަލަ ތަހުގީގު ކުރަން އޮކްޓޯބަރު އަށް ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ތުހުމަތު ކުރެވޭ މައްސަލައަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.
ފަނޑިޔާރު ނިޔާޒަކީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ގޭހަށް ޖެހި، އިންޑިއާގެ ގިނަ ބަޔަކު ވަޒީފާތައް ދޫކޮށް ގެއަށް!
އިޒްރޭލަށް ފޮނުވާ މިސައިލްތައް ހުއްޓުވާ ގައުމުތަކަށް އިންޒާރެއް
ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް
