މާލޭގައި ގޭންގަކުން އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
މާލޭގައި ގޭންގަކުން އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ވާހަކަދެވިފަ އެވެ. މިކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ބުނީ އެ އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު 24 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗަށް ގެންގޮސްދީފައިވާ ކަމަށެވެ.
ހޮސްޕިޓަލުން ބެލުމަށް ފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
" އެ މައްސަލަ ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން. އަނިޔާ ލިބިފައިވާ މީހާއަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ސައިކޯސޯޝަލް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުން،" ފުލުހުން ބުންޏެވެ.
ކައުންސިލްގެ އަތުން ބިން އަތުލެވޭ އިސްލާހު ބަލައިގެންފި
ކުޅުދުއްފުށީ 3 ސްކޫލަކަށް ކައުންސިލުން ލައްކައެއް ދެނީ
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
