ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭ މާލޭ ރަށްވެހިންނަށް ރަސްމާލެއިން ދޭ 15،000 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ޓަކައި މި އަހަރު ނިމުމުގެ ކުރިން މުހިންމު މަޝްރޫއުތައް ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މާލެ ސަރަހައްދުން 7000 ފްލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
އޭގެތެރެއިން 3،000 ހައުސިން ޔުނިޓު އެޅުމުގެ އެގްރިމަންޓުގައި މި އަހަރު ނިމުމުގެ ކުރިން ސޮއިކުރެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި 4،000 ހައުސިން ޔުނިޓު އަޅަން ވެސް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ މަހު ރަސްމާލެ ހިއްކަން އިތުރު ޑްރެޖަރުތައް ގެނެސް އެ މަސައްކަތް މިހާރަށްވުރެ ތިން ގުނަ އަވަސް ކުރާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އާދެ މި ތަންތަން މި ހިއްކަނީ، މި ސަރަހައްދުން މި ހިއްކަނީ މާލޭގައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލު ގެނައުމަށް ޓަކައި. މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައި މިވާ މައްސަލައަށް ދާއިމީ ހައްލު ގެނައުމަށް ޓަކައި،" ރައީސް ވިދާޅުވި އެވެ.
ހިއްކާ ބިންތަކުން ގޯތި ބޭނުންވާ މީހުންނަށް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް، އިތުރު ތަފްސީލުތަކާ އެކު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އާދެ، އެހެންވީމާ ބިން ހިއްކުން ބާރަށް ކުރިއަށްދާތީ އަޅުގަނޑުމެން ހަމަ އިސާހިތަކު މި ހުޅުވައިލަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިއުލާނުކުރާނަން ތަފްސީލްތަކާ އެކީގައި މި ގޯތިތަކަށް ކުރިމަތިލާން، ގޯތިތައް ބޭނުންވާ ފަރާތްތައް އެއަށް ކުރިމަތިލުމަށް،"
އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކޮށްފި
ހުޅުމާލެ ފޭސް2 ގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
