ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިކަގަސްމަގުގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ 11:35 ހާއިރު ހިނގާފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ތިން މީހަކަަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ ކ. ދިއްފުށި، ލައިޓް ގާޑަން، އުމުރުން 19 އަހަރުގެ އިސްމާއީލް ރަޔާން ބިން ނާޒިމް އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިއީ އާދައިގެ ގަޑިތަކެއް ނޫން!
ކަސްރަތު ކުރާއިރު ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް!
މި ސަރުކާރުން ގެންދަނީ ހުއްޓުމެއް ނެތި ބޮޑެތި ދޮގުތައް ވިހަމުން
