ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ލަފާ އެރުވުމުން މިދިޔަ މަހު މަގާމުން ވަކިކުރި މަހުމޫދު ރިޔާޒުގެ ވަޒިފާ އެކޮމިޓީން އެދިގެ އިއާދަކޮށްފި އެވެ.
ލަފައަކަށް ރައީސް މުހައްމަދު މުއިއްޒު މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަގާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްދޭން އެ ކޮމިޓީން އެދުމުން، މަހުމޫދުގެ ވަޒީފާ ރޭ އިއާދަކޮށްފި އެވެ.
މިދިޔަ މަހުގެ 29 ގައި ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް މުހައްމަދު މުއިއްޒަށް ލަފާއަރުވަން 241 ކޮމިޓީން ނިންމައި އެކަން ހާމަކުރީ ރޭގެ ވަގުތެއްގަ އެވެ.
ރޭ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ވިދާޅުވީ ކޮމިޓީގެ އެންގުމާ އެއްގޮތަށް މަހުމޫދަށް ވަޒީފާ އަލުން ދޭން ރައީސް ނިންމަވާފައިވާ ކަމަށެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.
ނަމަވެސް މަހުމޫދު ރިޔާޒަށް ކުރި ތުހުމަތު އަލުން ބަލައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުމުން 241 ކޮމިޓީން އިތުރަށް އެ މައްސަލަ ބެލީ އެވެ. އެހެންވެ، ކޮމިޓީގައި އިތުރަށް މަޝްވަރާ ކުރުމަށް ފަހު ނިންމީ މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިޔާދަކުރަން ރައީސް މުއިއްޒަށް ލަފާއަރުވާށެވެ.
ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ މަހުމޫދު ރިޔާޒު ވެސް އޭނާގެ ދިފާއުގައި ވިދާޅުވެފައި ވަނީ ދުވަހަކު ވެސް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. ކަސްޓަމްސްގެ ކޮމިއުނިޓީ ގްރޫޕްގައި މަހުމޫދު ރިޔާޒު ވިދާޅުވެފައި ވަނީ އޭނާއާ ގުޅުވައިގެން ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ކަސްޓަމްސްގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެއްވެސް ގޯހެއްގައި ބައިވެރި ނުވާ ކަމަށެވެ.
ބޮލީވުޑްގެ މި ތަރިންގެ ފުރަތަމަ މުސާރަ އެނގޭތަ؟
އުފާވެރި ދިރިއުޅުމަކަށް ލޯބީގެ ގުޅުމެއް މުހިއްމެއް ނޫން!
ޓޮމް އާއި ނަސީމްގެ ކުންފުންޏަށް ވެސް އެތައް މިލިއަންގެ މަޝްރޫއު!