މައިކަލް ޖެކްސަންއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފަންނާނެކެވެ. 2009 ވަނަ އަހަރު އޭނާ މަރުވިއިރު މިއުޒިކް ދާއިރާގެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.
އެގޮތުން ދާދި ފަހަކާ ޖެހެންދެން ވެމްބްލީ ސްޓޭޑިއަމްގައި އެންމެ ގިނަ ޝޯ ހުށައަޅައިދިން ސޯލޯ އާޓިސްޓްގެ ރެކޯޑް އޮތީ މައިކަލްއަށެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ވަނީ އެ ރެކޯޑް މުގުރާލާފަ އެވެ.
ޓޭލާގެ އީރާސް ޓުއާގެ ތެރެއިން މިދިޔަ އަހަރު ހުށައަޅައިދިން ކޮންސެޓަކީ އެއް ޓުއާއެއްގައި ވެމްބްލީ ސްޓޭޑިއަމްގައި އޭނާ ހުށައަޅައިދިން އަށް ވަނަ ޝޯ އެވެ.
އެއާއެކު ޓޭލާ ވެފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައި އެއް ޓުއާއެއްގެ ތެރެއިން އެންމެ ގިނަ ކޮންސެޓު ހުށައަޅައިދިން ސޯލޯ އާޓިސްޓަށެވެ.
މީގެ ކުރިން އެ ޝަރަފު އޮތީ ކިންގް އޮފް ޕޮޕް މައިކަލް އަށެވެ. 1988 ވަނަ އަހަރު އޮތް އޭނާގެ "ބޭޑް ބޯއީ" ޓުއާގެ ތެރެއިން ވެމްބްލީ ސްޓޭޑިއަމްގައި ހަތް ކޮންސެޓް ދީފައިވެ އެވެ.
"އަހަރެން ތިޔަ ހަދައިދިނީ އެއް ޓުއާއެއްގެ ތެރެއިން މި ސްޓޭޑިއަމްގައި އަށް ކޮންސެޓު ދިން ފުރަތަމަ ސޯލޯ އާޓިސްޓަށް" އެއްވެ ތިބި މީހުންނަށް ޝުކުރު އަދާކުރަމުން ޓޭލާ ބުންޏެވެ.
އީރާސް ޓުއާގައި އެންމެ ގިނައިން ޓޭލާ ހުށައަޅައިދީފައި ވެސް ވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އެ ސްޓޭޑިއަމްގައި ބާއްވާ ކޮންމެ ކޮންސެޓެއް ވެސް ކުރިއަށް ދަނީ "ހައުސްފުލް" ކޮށެވެ.
ލޯތްބަށްޓަކައި ހުސްފަޔާ ހިނގި ކަމަށް ފަރާ ބުނެފި
"ފީފާ ޕީސް ޕްރައިޒް" ސުލްހައިގެ އިނާމް ތައާރަފްކޮށްފި
އެމްއެންޑީއެފް އިން ހިފެހެއްޓި ބޯޓުން ގިނަ އަދަދެއްގެ ޑްރަގް