ޑޮލަރު އަގު ކައިރި މުސްތަގުބަލެއްގައިވެސް ތިރިނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ފަހަރުގެ ބަޖެޓަކީ ބޮޑު ޑެފިސިޓު ބަޖެޓެއް ކަމަށެވެ. އެގޮތުން މިފަހަރުގެ ބަޖެޓުގައި ހުރި ހިސާބު އަކުރުތަކަކީ ނަމަކަށް ޖަހާފައި ހުރި އަކުރުތަކެއް ކަމަށް ވިދާޅުވި އެވެ.
މުޅި ބަޖެޓަށް ލޯ ހިންގާލާއިރު، އަންނަ އަހަރަކީ ފައިސާ ޗާޕު ކުރާނެ އަހަރަކަށް ވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރިގޮތުން މިއިން ޒަމާނަކު ވެސް ޑޮލަރުގެ އަގު ތިރިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވަނީ ބަޖެޓުގައި ހުރި އަކުރުތަކަށް ބަލާނުލާ މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް އުއްމީދު ލިބިއްޖެ ކަމަށް ވިދާޅުވާއިރު އެ މެމްބަރުންނަށް އެ އަދަދު ނުފެންނަނީތޯ ސުވާލު ކުރައްވާފައެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށާއި ދަނީ ތިރިވަމުންނެވެ. ނަމަވެސް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުނު ފަހުން ޑޮލަރުގެ ރޭޓް ހުރި 20 ރުފިޔާ އިން މަތީގަ އެވެ.
ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތައް ވެސް ދުވަހެއް ދުވަހަކަށް އަންނަނީ އުފުލެމުންނެވެ.
ޖެނިފާ އެންމެ ބިރުގަންނަނީ ކީއްކުރަން ކަން އެނގޭތަ؟
ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
އަންހެނުންނަށް: ހެދުން އަޅާއިރު މިކަމަށް ސަމާލުވޭ!

ޗައިން ޔުއާން ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޓަކައި ދެ ގައުމުން ސޮއިކުރިތާ މިއަދަށް 3 މަސްވަނީއޭ އެކަން ކުރަން ޖެހޭނެ ގޮތެއް ސަރުކާރުން ވެސް އަދި ބީއެމްއެލް އިން ވެސް ބުނެނުދޭ އަދި ވެސް ޑޮލަރުގެ އަގު ދަނީ މައްޗަށޭ އަލްޓަރނޭޓިވް ކަރަންސީ ތައް ބޭނުންކޮށްގެން އެންމެ ކުޑަވެގެން ޗައިން އިން މުދާ ގަތުން އެކަން ފަށަން އެބަޖެހޭ އެކަން ކުރަން ޖެހޭނެ ގޮތެއް ވެސް ވިޔާފާރިވެރިންނަށް ބުނެނުދެވޭ ބީއެމްއެލް އިން މިކަން ބުނެނުދެނީ ކިއެއްވެތޭ މިކަން ކުރާނަމަ ޑޮލަރުގެ އަގު އިންތިހާ އަށް ދަށަށް ދާނެއޭ
ރިޕްލައިސަރުކާރުން ޚަރަދު ކުޑަކުރަން ޚާއްސަކޮށް ބޭކާރު ޚަރަދު ކުޑަކުރަން އެއްވެސް މަސައްކަތެއް މިއަހަރު ކުރި ކަމަށް ފެންނާން ނެތޭ މާލޭގައި ސަރުކާރާއި ދަައުލަތުގެ މުވައްސަސާ ތައް ހިންގަން މާލޭގެ އަމިއްލަ މީސް މީހުންގެ ގެދޮރު ކުއްޔަށް ހިފަން ޖެހޭނެ އެއްގޮތެއް ވެސް އޮވެގެން ނުވާނެއޭ ޕޮޓެންޝަލް ސަރުކާރެއް އޮތްނަމަ ބީއޯސީން ލޯން ނަގައިގެން ނަމަވެސް ހުޅުމާލޭގެ 10 ހެކްޓަރުގެ ބިމެއްގައި ކޮންމެ ހެކްޓަރަކުން 15 ބުރީގެ އިމާރާތް ކުރިނަމަވެސް ކުރެވިފައި ހުންނާނީ މިސަރުކާރަކީ އެއްވެސް ކަމެއް ކުރެވޭ ސަރުކާރެއް ނޫނޭ
ރިޕްލައި