ސ. ހިތަދޫގެ 14 ވަނަ ފްލެޓުގެ ދެވަނަ ފަންގިފިލާއިން 15 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ފްލެޓް ނަމްބަރު 14 ގެ ދެވަނަ ފަންގިފިލައިން ކުއްޖަކު ވެއްޓިފައިވާ މައްސަލަ އަންގާރަ ދުވަހުގެ ރޭގެ ދަންވަރު 12:00 ހާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި ކުއްޖާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާ ވެއްޓުނު ސަބަބެއް އަދި ނޭނގެ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ މައިބަދަ ބިނދި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަ ކޮށްފައި ނުވެ އެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ހިޔާ ޓަވަރެއްގެ މަތީ ބުރިއަކުން އުމުރުން 33 އަހަރުގެ މީހަކު ވެއްޓި މިދިޔަ ހޮނިހިރު ދުވަހު ވަނީ މަރުވެފަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިއުޔޯކްގެ މޭޔަރަކަށް ފުރަތަމަ ފަހަރަށް މުސްލިމަކު ހޮވައިފި
ސިންގަޕޫރުގައި ސްކޭމްކުރާ މީހުންގެ ގައިގައި އެއްތެލުން ތަޅަނީ