މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތެރެއިން ބީއެމްއެލްގެ ޑޮލަރުތައް ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށް ރޭޝަމް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް (20އ)، ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ) ހަމަ އެގޭ ޙުސައިން ޝަހުދު (30އ) ކަމަށެވެ.
އެ މީހުންގެ ބަންދަށް ކޯޓުން ކުރިން ޖެހީ ފަސް ދުވަހެވެ. ނަމަވެސް އެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން މިއަދު ހާޒިރުކުރުމުން ވަނީ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
ފޭރުނު ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ. އެ ބްރިފްކޭސްގައި 100،000 އަށް ވުރެ ގިނަ ޑޮލަރާއި ޔޫރޯ ވެސް ހުއްޓެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ.
ފައިސާތައް ފޭރިގަތުމަށްފަހު އެ މީހުން ލޯންޗުގައި ފިލަން ދިޔައީ ހުރާ އަަށެވެ. އެ މައްސަލައާ ގުޅިގެން ހުރާ އިން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހުރާ އިން ވާހަކަދެއްކި ބައެއް މީހުން ބުނީ އެ މީހުން އެރަށު ގެސްޓްހައުސްއެއްގެ ތެރޭގައި ޑޮލަރު ގުނާ މަންޒަރު އެތަނުގެ ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނޭނގެ އެވެ.
40އަށްފަހު މޫނުގެ ހަމަށް އިތުރަށް ސަމާލުވޭ!
ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
ނަޝީދު ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް މާ ފިނި ކަމަށް
