ރޭގަނޑު ނިދާއިރު ފަންކާ ޖަހައިގެން ނިދުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. އެކަމުގެ ސަބަބުން ފިނިހޫނުމިން އެއްވަރެއްގައި ބަހައްޓައިދީ ފަންކާގެ އަޑުގެ ސަބަބުން ނިދަން ވެސް ފަސޭހަވެ އެވެ.
ނަމަވެސް އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު އެއްކޮށް ފަންކާ ޖަހައިގެން އޮތުމަކީ އެކަމުގެ ސަބަބުން ތިމާގެ ސިއްހަތަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާނެ ކަމެކެވެ.
މިގޮތުން އެލާޖިކު ރިލޭޝަންތަކާއި އެސްމާ އެޓޭކުތައް ކުރިމަތިވުމަކީ ރޭގަނޑު ފަންކާ ޖަހައިގެން ނިދާނަމަ ކުރިމަތިވުން ވަރަށް ގާތް ކަންކަމެވެ. ސަބަބަކީ ފަންކާއިން ޖެހޭ ވައިގެ ސަބަބުން ކުނިކޮޅުތައް ނޭފަތަށް ވަދެ ހަށިގަނޑަށް އެތެރެވުމެވެ.
މީގެ އިތުރުން ފަންކާ ޖަހައިގެން އޮތުމަކީ މީހާގެ ހަންގަނޑަށް ވެސް ނޭދެވޭ އަސަރުކުރާ ކަމެކެވެ. އެގޮތުން އާދަވެގެން ފަންކާ ޖަހައިގެން ނިދާނަމަ ހަންގަނޑު ކުރަކިވެ، ހިކުމަށް މަގުފަހިވެ އެވެ.
މި ސަބަބަށްޓަކައި ރޭގަނޑު ހަތަރުދަމު ފަންކާ ޖަހައިގެން އެންމެ އަރާމު ގޮތް ނަމަވެސް ސިއްހަތަށް އެންމެ ރަނގަޅު ކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. ބުއްދިވެރި ގޮތަކީ ރޭގަނޑުން ބައެއްގައި ފަންކާ ޖަހައިގެން އޮތުމަށްފަހު ނިއްވާލުމެވެ.
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި