ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ އިންތިހާބުކޮށްފި އެވެ.
އެ ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރީ އާޓިފިޝަލް ބީޗުގައި ބޭއްވި ގައުމީ ޖަލްސާގަ އެވެ. ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ޔާމީން އެކަންޏެވެ.
ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވަނީ ޕާޓީގެ ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން އިންތިހާބުކޮށްފަ އެވެ.
ޕީއެންއެފްގެ ނައިބު ރައީސުންނަށް ހަމަޖެއްސީ ޒޭން އަބްދުﷲ ޔާމީން އާއި ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ނައިބު ރައީސުންގެ މަގާމަށް އިތުރު ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ އެ ބޭފުޅުން ވަނީ އޮޓަމެޓިކުން އެ މަގާމަށް އިންތިހާބުވެފަ އެވެ.
އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އިންތިހާބުކޮށްފައިވާއިރު، ޓްރެޒަރާގެ މަގާމަށް މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދު ވަނީ އިންތިހާބުކޮށްފަ އެވެ.
 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
			މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
		
 
 
					 
					 
					 
					 
					 
					 
					 
					 
					 
					
ޕީއެންއެފް ވެސް އެބަޖެހޭ ވަރަށް ގިނަ މަސައްކަތެއް ކޮށް ވަރަށް ގިނަ ޑޭޓާ ސެޓްސް ތަކުގެ ޑޭޓާ މައިންކޮށް އޭގެ އިވޭލުއޭޝަނެއް ހަދަން ރާއްޖޭގެ އިގްތިސާދުގެ ޑޭޓާ ސެޓްސް ތައް ކަލެކްޓް ކޮށް ޑޭޓާ މައިން ކުރާއިރު ހަމައެކަނި ފެންނަ ހަގީގަތަކީ ރާއްޖޭގެ އިގްތިސާދާއި އަދި ވިޔާފާރިކުރިއަރަނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށޭ އެއީ ހަމައެކަނި ރާއްޖޭގެ ވިޔާފާރި ސްޓްރެޓެޖިކް ލޮކޭޝަން އަކީ މިފަދަ އިވޭލުއޭޝަނެއް ހަދާ ނިކުންނަ ނަތީޖާ އަކަށް މެނިފެސްޓޯ ތައްޔާރު
ރިޕްލައި