ދައުލަތުގެ ބަޖެޓުން 18 މީޑިއާއަކަށް 28 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ނިންމި ނިންމުން ބާތިލްކޮށް، އެ މަސައްކަތް ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން އުފައްދާފައިވާ ކޮމިޝަނާ ހަވާލުކޮށްފި އެވެ.
މީޑިއާތަކަށް ފައިސާ ދޭން ނިންމިގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ފައިސާ ދިނުމަށްޓަކައި އެ މިނިސްޓްރީން މިހާތަނަށް ކުރަމުން އައި ކަންކަން ދެން ކުރާނީ އަލަށް އުފެއްދި މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އެކުލަވާލީ ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު ކަމަށެވެ.
މީޑީއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު އެކުލަވާލާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮލައި މީޑިއާތަކަށް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމްކުރުމުގެ މަރުހަލާގައި ނަމަވެސް އެ މަރުހަލާގައި ވެސް އުސޫލު އެކުލަވާލީ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފައާ އެކު"ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ކޮމިޝަން އެފެއްދުމާ އެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ގުޅޭ އެންމެހާ ކަންކަން މިނިވަންކަމާ އެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެ ކޮމިޝަނަށް ކަމަށް މިނިސްޓްރީން ދެކޭތީ" މިނިސްޓްރީން ކުރި އިއުލާން ބާތިލުކޮށް މިކަމުގެ އެންމެހާ ކަންކަން އެ ކޮމިޝަނާ ހަވާލު ކުުރުމަށް ނިންމި ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.
މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
